ކުޅިވަރު

ގިނަ ފުރުޞަތުތައް ގެއްލުވާލެވިއްޖެ، އެކަންކަން ރަނގަޅުކުރަން ޖެހޭ: ލޯ


ޔުއެފާ ނޭޝަންސް ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ވަރަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުކޮއްލެވުނު ކަމަށާއި އެކަންކަން ރަނގަޅުކުރަން ޖެހޭކަމަށް ޖަރުމަނު ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޔޫކްރެއިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ލޯ ބުނީ ޖަރުމަނުގެ މިހާރު މިއޮތް ޓީމުން ކުރިއެރުން ހޯދަން އިތުރު ވަގުތު ބޭނުންވާކަމަށެވެ. އޭނާ ބުނީ ފާއިތުވެގެންދިޔަ މެޗުތަކުގައި އުނދަގޫ ހާލަތްތަކެއް ތަޖުރިބާކޮށްފި ކަމަށާއި މިއީ ވާދަވެރިންނާ ކުރިމަތިލައި ކާމިޔާބު ހޯދަން ހިތްވަރުލާންވީ ވަގުތު ކަމަށެވެ.

ޖަރުމަނު ކޯޗު ބުނީ ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައި މޮޅުވުމުގެ ޖޯޝުގައި ކަމަށެވެ. އެންމެ ފަހުން މި ދެޓީމު ވާދަކުރީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ މެޗު 0-2 އިން ކާމިޔާބުކުރީ ޖަރުމަނެއެވެ.