ސިއްހަތު

ފްލެބޮޓޮމީ ޓްރިނިންގ ޕްރޮގްރާމް ނިންމާލައިފި


ލޭނެގުމުގެ އާ ހުނަރުތައް ދަސްކޮށްދިނުމާއި، ލޭނެގުމާއި ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން " ޕްލެބޮޓޮމީ ޓްރެއިނިންގް" ގެ ނަމުގައި  ކުރިޔަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލުކޮށްފިއެވެ.މި ރަސްމިޔާތު ކުރިޔަށް ގެންގޮސްފައިވަނީ އައި.ޖީ.އެމް.އެޗްގައެވެ.މި ޓްރެއިނިންގ ޕްރޮގްރާމްގައި އައި.ޖީ.އެމް.އެޗާއި މެޑްލެބްގެ ޖުމުލަ 250 ބައިވެރިޔަކު ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.  ސެޓްފިކެޓް ހާސިލްކުރިމީހުންގެ ތެރޭގައި ނަރުހުންނާއި ލެބްޓެކްނީޝަނުން ހިމެނޭކަމަށް އައި.ޖީ.އެމް.އެޗުން މައުލޫމާތުދެއެވެ.މިޕްރޮގްރާމަކީ އައި.ޖީ.އެމް.އެޗާއި ބީ.ޑީ ކޮމްޕެނީ އާއި މެޑްލެބް ޑައިގްނޯސް ގުޅިގެން ކުރިޔަށްގެންދިޔަ 4 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއްކަމަށް އައި.ޖީ.އެމް.އެޗުން މައުލޫމާތުދެއެވެ.މި ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން ލޭނެގުމުގައި ގެންގުޅޭ، އެންމެ ފަހުގެ ބައިނަލް އަގުވާމީ އުސޫލްތަކާއި އެއްގޮތަށް ލޭނެގުމާއި އަދި ލޭނެގުމުގައި ގެންގުޅޭނެ ގޮތްތަކާއި އުސޫލުތައް މި ޕްރޮގްރަމްގައި ކިޔާދީފައިވާނެކަމަށް އައި.ޖީ.އެމް.އެޗުން ބުނެފައިވެއެވެ.