ޚަބަރު

ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔަރ ކުރައްވަނީ


ޞިއްޙީ ޙާލަތު ހުރިގޮތުން ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު
އަދާކުރަން އުޒުރުވެރިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު
ޢައްބާސް ޝަރީފު ރިޓަޔަރ ކުރަން
ނިންމައިފިއެވެ. ޢައްބާސް ޝަރީފު ރިޓަޔަރ ކުރަން
ނިންމާފައިވަނީ އަންނަ އޮކްޓޯބަރުން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް
ޖޭ.އެސް.ސީން މައުލޫމާތުދެއްވައެވެ.



ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު
ޢައްބާސް ޝަރީފު ފަނޑިޔާރުކަމުން ރިޓަޔަކޮށްދެއްވުމަށް ކޮމިޝަނުން ނިންމެވީ،
ޞިއްޙީ ޙާލަތު ހުރިގޮތުން ފަނޑިޔާރުކަމުގެ މަޤާމް އަދާކުރަން އުޒުރުވެރިވާކަމަށް
ބަޔާންކުރައްވައި ހުށަހަޅުއްވާފައިވާ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ބަލާއިރުވެސް
ޞިއްޙީގޮތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވާފަދަ
ސީރިއަސް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީކަމަށް އެ ކޮމިޝަނުން
މައުލޫމާތުދެއްވައެވެ.



އުމުރުން 55
އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު
ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން
މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން  އޮކްޓޯބަރ މަހުން ފެށިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢައްބާސް ޝަރީފު ރިޓަޔަރކޮށްދެއްވުމަށް ކޮމިޝަނުން
މިހާރު ވަނީ ނިންމާފައެވެ.



ހައި
ކޯޓުގައި ބޮޑެތި މައްސަލަތައް ބައްލަވާފައިވާ އައްބާސް، އެ ކޯޓުގެ ފަނޑިޔާރުކަމުގެ
މަގާމަށް ވަޑައިގަތީ 2011ވަނަ އަހަރު އެވެ.