އަތޮޅުތައް

ރޭ ހިނގި މާރާމާރީއާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި


ފުވައްމުލަކުގައި ރޭ 5
މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރީމާރީ ހިންގި މައްސަލައާއި ގުޅިގެން، 5 މީހަކު
ހައްޔަރުކޮށްފިއެވެ.

 ރޭ
ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ
ފިރިހެނަކާއި، 21 އަހަރުގެ 2 ފިރިހެނުންނާއި، 22 އަހަރުގެ 2
ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ފުވައްމުލަކު ހޯދަނޑު އަވަށުގެ ދެބައެއްގެ
ދެމެދުގައި ހިނގި މި މާރާމާރީގައި 5 މީހަކަށް އެކިވަރުގެ އަނިޔާ
ލިބިފައިވާއިރު، އޭގެ ތެރެއިން 3 މީހަކަށް އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުވައްމުލަކު ޕޮލިސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤްކުރަމުންނެވެ.