			ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން، ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓެއް ހއ. އުލިގަމުގައި ބަނދަރުކޮށްފިއެވެ. 
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއަށް ޔޮޓުތައް އައުންވެސް ވަނީ ހުއްޓިފައެވެ. އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޢިމާދު ޢަބުދުﷲ ވިދާޅުވީ މި ޔޮޓަކީ ޗައިނާގެ ޔޮޓެއް ކަމަށެވެ. އަދި ޔޮޓުގައި ދަތުރުކުރަމުންދަނީ ޗައިނާގެ ރައްޔިތެއް ކަމަށް އޭނާ ވިދާޅުވިއެވެ.  
ގިނަ ދުވަސްތަކަކަށްފަހު އުލިގަމަށް ޔޮޓެއް ބަދަރުކުރުމުން އެރަށް ނިސްބަތްވާ ހޯރަފުށިދާއިރާގެ މެންބަރު އަޙުމަދު ސަލީމު ކުރައްވާފައިވާ ޓުވީޓެއްގައިވަނީ މިކަން އުއްމީދީ މަންޒަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އުލިގަމުގެ ޔޮޓު ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތަކީ މުޅި ސަރަޙައްދުގެ ކުރިއެރުމަށް ވަރަށް މުޙިއްމު މަސައްކަތެއްގެ ކަަމަށް ސަލީމް ވިދާޅުވިއެވެ.   
		
ސަރުކާރުން މިހާރުވަނީ ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. 
އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓު ފަހަރު ބަނދަރުކުރާ ރަށެކެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ޔޮޓު އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު އަދި ޖެނުއަރީ ހިސާބުކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ. އަދި އެވްރެޖްކޮށް ބައެއް ދުވަސްތަކުގައި 5 ނޫނީ 6 ޔޮޓު އުލިގަމުގައި ބަނދަރުކުރާ ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. 
އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރުކުރުމަށް ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލު ތަކެއް ހޯދާފައެވެ. މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ، އެރަށަށް އަންނަ ޔޮޓް ފަހަރުން ނަގަމުން ދިޔަ ފީތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އެއަށްފަހު މިފަދަ އުޅަނދުފަހަރުން ނަގާ ފީތަކުން 75 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.