ޚަބަރު

ކޯވިޑް-19 : ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން އުތުރުގެ 6 ރަށް މޮނިޓަރިންއަށް


ކޯވިޑް-19ގެ ވަކި ކޭސްއަކާ ގުޅުމެއްނެތި ފުލުހުންގެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އުތުރުގެ 6 ރަށެއް މޮނިޓަރިންގގެ ޙާލަތަށް ގެންގޮސްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ ހއ.ބާރަށާއި ދިއްދުއާއި ހޯރަފުއްޓާއި ހދ.ކުޅުދުއްފުއްޓާއި ކުރިނބީ އަދި ށ.ފުނަދޫކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކުޅުދުއްފުށީގައި ހުއްޓާކަމަށާ، ނަމަވެސް އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފައިވާކަމަށެވެ.

"6 ރަށެއްމިވަނީ މޮނިޓަރިންގއަށް ލާފައި. އެއީ ފުލުހުންގެ މީހާ އެރަށްތަކަށް އެކި މަސައްކަތްތަކުގައި ދަތުރުކޮށްފައިވާތީ. މިއީ އެހެން ކޭސްއަކާއި ގުޅުންހުރި ކޭސްއެއްކަމަކަށް އަދި ފާހަގައެއްނުވޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީޚެއްގައި މާލެއަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށެވެ. މިކޭސްއާ ގުޅިގެން 6 ރަށް މޮނީޓަރިންގއަށް ލާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ، މިޙާލަތުގައި އެ ރަށްރަށަށް އަރާ ފޭބުން މަނާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މުހައްމަދު

ޕޮޒިޓިވްވީ އަލާމާތްތައް ހުރުމުން ޑޮކްޓަރަށް ދެއްކުމަށްފަހު ސަމްޕަލް ނެގީމަ އުސޫލާ ހިލާފަށް ހދ.ކުރިނބީ އަށް ދިޔަ ފަހުން ޕިޒިޓިވް ވިކަން އެނގުނީ... ކުޅުދުއްފުށިގަ ހުއްޓައެއް ނޫން............ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ