ކުޑަ ފިރިހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތަށް ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާޠިމަތު ރިހުލާ ހައްޔަރުކޮށްފިއެވެ.
ވަކި ބައެއްގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައި ވަނީ، ކުޑަފިރިހެން ކުއްޖަކާއި މެދު ބަދުފު އަޚުލާޤީ އަމަލު ހިންގުމުގެ ކުށުގެ ތުހުމަތަށް އުމުރުން 29 އަހަރުގެ ފިރހެނަކާއި 30 އަހަރުގެ އަންހެނަކު ކޯޓުއަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކުރީ ސީދާ ޔުނާންގެ ދެމަފިރިން ކަމެއް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ދެމީހަކުވެގެން ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ހޮނިހިރު ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޔުނާންގެ ދެމަފިރިންގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން، އެދެމަފިރިން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ އެމީހުން ދިރިއުޅޭ ގޭގެ ދޮށުގައި ބަޔަކު މުޒާހަރާވެސް ކުރިއެވެ. އަދި އިރުއޮއްސުނު ވަގުތު ފުލުހުންގެ ކާރެއްގައި އެދެމަފިރިން ގެންދިޔައީ އެމީހުން ފުލުހުންގެ ހިމާޔަތަށް އެދުމުންނެވެ.