ޚަބަރު

ޑަބްލިއުޓީއޯއަށް ކަނޑައަޅާ ސަފީރުކަމަށް ޑރ.އާސިމަށް ރުހުން ދިނުމުގެ މައްސަަލަ ކޮމިޓީއަށް


ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔު.ޓީ.އޯ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަންކުރުމަށް ދިރާސާކުރުމަށް އެކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ޑަބްލިޔު.ޓީ.އޯއަށް ރާއްޖެއިން ކަނޑއަޅާ މަންދޫބުގެ މަޤާމަށް ޢައްންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ޢާސިމް އަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްވެސް މެއެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ދެއްވާފައެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.