ޚަބަރު

އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ހއ.އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާ ކުރައްވާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ޝިފާޢު އާއި އެދާއިރާގެ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫގައި ހުރި އަންހެނުންގެ މިސްކިތެއްގެ ކަންކަމާއި ގުޅޭގޮތުންނާއި، އެ ރަށުގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން އިހަވަންދޫގައި ހުކުރު ކުރާ އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ އިމާމުންނަށް އަމާޒް ކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ކައުންސިލް މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންފައިވަނީ އޮންލައިންކޮށެވެ.