މާލޭގެ މަގުމައްޗަށް މަސްތުގެ ހާލަތުގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފުލުހުން އެސަރަހައްދަށް ދިޔައީ މީހަކު މަސްތުވެ މަގުމައްޗަށް ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އެހެން ނަމަވެސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން ހާމަކުރުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މަސްތުގެ ހާލަތުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބިދޭސީއެކެވެ. އޭނާ މަސްތުވެގެން ވެއްޓިފައި އޮތީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ދޮރުކައިރިއަށެވެ.