ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި ރޭ ހިނގި މާރާމާރީ ފުލުހުން ތަޙުޤީޤްކުރަންފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ދާންދޫގައި ދެބައެއްގެ ދެމެދުގައި ހިނގި މާރާމާރީގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ 23:25 ހާއިރުކަމަށާއި، މި މާރާމާރީގައި 3 މީހަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެތެރެއިން އެކަކަށް އެއަތޮޅު ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ހާލު ގޯހެވެ.
މި މާރާމާރި އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މިމައްސަލަ ތަޙްޤީޤުކުރަމުން އަންނަނަކަމަށްވެސް ފުލުހުން ވިދާޅު ވެއެވެ.