ކުޅިވަރު

މިދިޔަ އަހަރުގެ ޗެންޕިއަން ބަލިކޮށް ހުޝްރުފާން ފަައިނަލަށް


މިދިޔަ އަހަރުގެ ޗެންޕިއަން ގެވިން ބޮތާ ކަޓުވާލުމަށްފަހު ރާއްޖޭގެ އަލީ
ހުޝްރުވާން ބޮޑީ ބޯޑިންބައިގެ ފައިނަލުން ޖާގަ ހޯދައިފި.

މިހާރު ހުދުރަންފުށި
ރިސޯޓްގައި ކުރިއަށްދާ މޯލްޑިވްސް އޯޕަން ރާޅާއެޅުމުގެ މުބާރާތުގެ ފައިނަލަށް އަލީ
ހުޝްރުވާން ދަތުރުކޮށްފައިވާއިރު، ފައިނަލްގައި ހުޝްރުވާންއާ ވާދަކުރާނީ ރާއްޖޭގެ ޢަލީ ޖާވިދުއެވެ. ޖާވިދު ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި އަހުމަދު އާރިޝް
ރަޝީދުއާ ވާދަކޮށް، އާރިޝް ބަލިކޮށްގެންނެވެ. 

މިމުބާރާތުގެ މެންސް އޯޕަންގެ
ފައިނަލަށް ދަތުރުކޮށްފައިވަނީ އިސްރޭލްގެ ޔޮނީ ކެލައިންއާއި އިންޑޮނޭޝިޔާގެ ރަދި
ދިޔާރޮންޑިއެވެ. މެންސް އޯޕަންގެ ފައިނަލަށް އިސްރޭލްގެ ޔޮނީ ކެލައިން
ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި އިންޑޮނޭޝިޔާގެ ގަރުދު ވިދިޔާދާ
ބަލިކޮށްގެންނެވެ. އަދި ރަދި ދިޔާރޮންޑި ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީގައި މެޑޭ
އަޑިފުޓްރާ ބަލިކުރުމަށްފަހުއެވެ. ރަދި ދިޔާރޮންޑިއަކީ 2013 ވަނަ އަހަރުގެ
އޭޝިޔާގެ އެއް ނަންބަރު ރާޅާ އެޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ. 



މިމުބާރާތުގެ ވިމެންސް އޯޕަންބައިގެ ފައިނަލުން ޖާގަހޯދާފައިވަނީ މިދިޔަ
އަހަރުގެ ޗެންޕިއަން ޖަޕާންގެ ރީނާ ކިޓަޒާވާއާއި އެމެރިކާގެ އެމީ ކޮޗްއާ ކެއިޓީ
ގްރީފިން އަދި އިންޑޮނޭޝިޔާގެ ކައިލާނީ ޖޯންސަންއެވެ.