ވިޔަފާރި

ރާއްޖެ އެތެރެކުރާ ބައެއް މުދާ ހުޅުމާލެއިން ދޫކުރަން ނިންމައިފި


ރާއްޖެއެތެރެކުރާ މުދަލުގެ ތެރެއިން ރިސޯޓްތަކަށާއި އަތޮޅުތެރެއަށް ގެންދިއުމަށް ގެނެވޭ މުދާ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދޫކުރާނީ ހުޅުމާލެއިން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކޮށްފިއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެކުންފުނީގެ ކްލިއަރެންސް ޑިޕާޓްމަންޓްގެ އިންޗާރޖް އިބްރާހިމް ރަޝީދް ވިދާޅުވީ މި ބަދަލާއި އެކު މިހާރު ދުވާލެއްގެ މައްޗަށް މުދާ ކުލިއަރ ކުރެވޭ ވަރަށް ވުރެ ގިނައިން ކުލިއަރ ކުރެވިގެންދާނެ ކަމަށާއި، މިއާއިއެކު މާލެ ކޮމަރޝަލް ހާބަރުން ދުވާލެއްގެ މައްޗަށް ކުލިއަރ ކުރާ ކޮންޓެއިނަރުތަކުގެ އަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދާ ކޮންޓެއިނަރތަކުގެ އަދަދު %21 އިތުރުވެފައިވާކަންވެސް އިބްރާހިމް ރަޝީދްވަނީ ފާހަގަކުރައްވާފައެވެ.