ކުޅިވަރު

ނުވަ ޕޮއިންޓް ލިބޭނެކަމަކަށް އުންމީދެއް ނުކުރަން: އަންޗެލޮޓީ


އިނގިރޭސި ޕްރިމިއަރ ލީގު ފުރަތަމަ ތިން މެޗުން 9 ޕޮއިންޓު ލިބިދާނެކަމަށް އުންމީދު ނުކުރާކަމަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި އެންމެފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ނަތީޖާއާމެދު ހިތްހަމަޖެހޭކަމަށާއި އެހެންނަމަވެސް މެޗުގެ ދެވަނަ ހާފްގައި ކްރިސްޓަލް ޕެލަސްގެ ފަރާތުން އުނދަގޫކުރިމަތިވި ކަމަށެވެ. މިހާތަނަށް ލީގުގަައި ކުޅުނު ތިން މެޗުން މޮޅުވެފައިވުމުން ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި މެޗުގައި ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް އަންޗެލޮޓީ ބުންޏެވެ.

އެނާ ބުނީ މިވަގުތު ލީގުގައި މިއޮތް ހިސާބު ރަނގަޅުކަމަށެވެ. އަންޗެލޮޓީ ބުނީ މެޗަށްފަހު ލިބުނު ކާމިޔާބީ މަތިން ހަނދާން ނައްތާލައި މިހާރު ތައްޔާރުވަނީ ލީގު ކަޕުގައި ބުދަ ދުވަހުގެރޭ ވެސްޓް ހޭމް އާ ދެކޮޅަށް ކުޅެން އޮތް މެޗަށްކަމަށެވެ. ޕްރިމިއަރ ލީގުގެ ތަށި ޗެލްސީއަށް ހޯދައިދިން ކޯޗު ބުނީ ކުރިއަށްހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރު ނުވެވިއްޖެނަމަ ނުރައްކާ ބޮޑުވާނެކަމަށެވެ.

ލީގުގެ ފުރަތަމަ ތިން މެޗުން ހޯދި 9 ޕޮއިންޓާއެކު އެވަޓަން އޮތީ ލީގުގެ ދެވަނައިގައެވެ.