ޚަބަރު

އަރުމޭނިއާ-އަޒަރުބައިޖާން: ނަގޯރްނޯ-ކަރަބަޚް މައްސަލައިގެ ފަހަތުގައިވަނީ ކޮންކަމެއް؟

ރޫސީވިލާތުގެ ޤައުމުތަކުގެ ތެރޭގައި ކުރީގައި ހިމެނޭ އަޒަރުބައިޖާނާއި އަރުމޭނިއާއާ ދެމެދު އަނެއްކާވެސްވަނީ ޙަމަލާ ބަދަލުކުރަން ފަށައި ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައެވެ. އެތައް އަހަރެއް ވަންދެން ދެމިގެންގޮސްފައިވާ މައްސަލައިގެ މައިގަނޑު ފިތުނައަކީ ނަގޯރްނޯ-ކަރަބަޚް ކިޔާ ސަރަޙައްދެކެވެ. އެ ސަރަޙައްދު އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެ ސަރަޙައްދު އޮންނަނީ އަރުމޭނިއާގެ ބައިގިނަ އާބާދީއެއްގެ ބާރުގެ ދަށުގައެވެ.

1980ގެ އަހަރުތަކުގެ ފަހުކޮޅުގައި ނަގޯރްނޯ-ކަރަބަޚްގެ މައްސަލައިގައި އަޒަރުބައިޖާނާއި އަރުމޭނިއާއާ ދެމެދުވަނީ ހަނގުރާމައެއްކޮށްފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް 1994ވަނަ އަހަރު ދެ ޤައުމުން ނިންމާފައިވާ ނަމަވެސް ސުލްޙަ ޤާއިމްކުރުމާގުޅޭ މުއާހަދާއެއް މިހާތަނަށް ހަދާފައެއް ނުވެއެވެ.

މައްސަލައަކީ ކޮބާ؟ ކުރު ޚުލާސާއެއް
އަރުމޭނިއާއާއި އަޒަރުބައިޖާން އޮންނަ ކައުކޭސަސް ސަރަޙައްދަކީ ޖޯގުރަފީގެ ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. އެ ސަރަޙައްދު އެބައެއްގެ ބާރުގެ ދަށަށް ގެނައުމަށް ނަޞާރާއިންނާއި މުސްލިމުންވަނީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެންވެސް މަސައްކަތްކޮށްފައެވެ. 1920ގެ އަހަރުތަކުގައި ރޫސީވިލާތް ވުޖޫދަށް އައުމުން އަރުމޭނިއާއާއި އަޒަރުބައިޖާނުންވަނީ އެ އިއްތިޙާދާ ގުޅިފައެވެ. ނަގޯރްނޯ-ކަރަބަޚްގައި ގިނައިން ދިރިއުޅެނީ ބައިގިނަ އަރުމޭނިއާގެ ރައްޔިތުން ކަމުގައި ވި ނަމަވެސް ރޫސީވިލާތުން އެ ސަރަޙައްދުގެ މައްޗަށް ބާރުދިނީ އަޒަރުބައިޖާނަށެވެ.
އެއަށްފަހު އައި އަހަރުތަކުގައި އަރުމޭނިއާއިންވަނީ އެ ޤައުމުގެ ބާރުގެ ދަށަށް ނަގޯރްނޯ-ކަރަބަޚް ލުމަށް ތަކުރާރުކޮށް ގޮވާލައިފައެވެ. ނަމަވެސް އަރުމޭނިއާގެ ބައެއްގެ ގޮތުގައި އޮތުމަށް ނަގޯރްނޯ-ކަރަބަޚްއިން އެދޭކަމަށް ނަގޯރްނޯ-ކަރަބަޚްގެ ސަރަޙައްދީ ޤާނޫނުހަދާ މަޖިލީހުން ނިންމީ 1980ގެ ފަހުކޮޅު ރޫސީވިލާތް ރޫޅެމުން ދިޔަ ދުވަސްވަރެވެ. ނަގޯރްނޯ-ކަރަބަޚްގައި އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމާމެދު އަޒަރުބައިޖާނުން ދެކޮޅު ހެދިނަމަވެސް އަރުމޭނިއާއިންވަނީ އެކަމަށް ހިތްވަރު ދީފައެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ރޫސީވިލާތުން ދެ ޤައުމުވެސް ވަކިވި ފަހުން އެ ދެ ޤައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށުނެވެ. އެ ހަނގުރާމައިގައި އެތައް ހާސް މީހުން މަރުވެ މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ދެ ފަރާތުންވެސް ދެ ބައި މީހުންގެ އާބާދީތައް ނައްތާލުމަށްވަނީ މަސައްކަތްކޮށްފައެވެ.
1994ވަނަ އަހަރު ރަޝިޔާއިން މެދުވެރިވެ ޤާއިމްކުރި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން ނަގޯރްނޯ-ކަރަބަޚް އޮތީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ. އެ އެއްބަސްވުމަށްފަހު ނަގޯރްނޯ-ކަރަބަޚް އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް އޭރުން ފެށިގެން އެ ސަރަޙައްދުގައި އޮންނަނީ އަރުމޭނިއާގެ ސަރުކާރުގެ ވާގިވެރިކަމާއެކު ޤާއިމްކޮށްފައިވާ ބައިގިނަ އަރުމޭނިޔާ އާބާދީއެއްގެ އަމިއްލަ ވެރިކަމެކެވެ. އެއަށްފަހު ނަގޯރްނޯ-ކަރަބަޚް ލައިން އޮފް ކޮންޓެކްޓް ގާއިމްކޮށް އަރުމޭނިއާއާއި އަޒަރުބައިޖާނުގެ އަސްކަރީ ފައުޖުތައްވަނީ ވަކިކޮށްފައެވެ.
އޭގެ ފަހުން ދެ ޤައުމުގެ މެދުގައި ސުލްޙަ ޤާއިމްކުރުމުގެ އެއްބަސްވުމެއް ހެދުމަށް ދުނިޔޭގެ ޤައުމުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ދެ ޤައުމުގެ މެދުގައި ކުރިމަތިލުންތައްވަނީ ހިންގާފައެވެ. އެންމެ ފަހުން ބޮޑު ކުރިމަތިލުމެއް ހިންގާފައިވަނީ 2016ވަނަ އަހަރުގައެވެ. އެ ފަހަރު ދެ ފަރާތުގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ މަރުވެފައެވެ.
އަރުމޭނިއާގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ ނަޞާރާއިންނެވެ. އޭގެ ބަދަލުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ އަޒަރުބައިޖާނުގެ އާބާދީގެ ބޮޑު ބައި ޙިއްޞާކުރަނީ މުސްލިމުންނެވެ. އަޒަރުބައިޖާނާއި އަރުމޭނިއާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް އުންދަގޫވާ އެއް ސަބަބަކީ ސަރަޙައްދީ ސިޔާސީ މަޝްރަހެވެ. ރޫސީވިލާތް ރޫޅުމުން 1991ވަނަ އަހަރު އަޒަރުބައިޖާނުގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތީ ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުންނެވެ. އަޒަރުބައިޖާނުގެ ކުރީގެ ބޮޑުވަޒީރު ހައިދަރު އަލިޔެވްވަނީ އެ ޤައުމާއި ތުރުކީވިލާތަކީ އެއް ޤައުމެއްގެ ދެ ސްޓޭޓުގެ ގޮތުގައި ސިފަކުރައްވާފައެވެ. ދެ ޤައުމުގެ ސަގާފަތުގައި ގިނަ އެއްގޮތްކަންކަން ހުރުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންވެސް ގިނަ ޢަދަދަށް އަވަށްޓެރި ޤައުމުގައި ދިރިއެޅުއެވެ. މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންވަނީ އެ ޤައުމުން ވާގިވެރިވަނީ އަޒަރުބައިޖާނަށްކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
ތުރުކީވިލާތާއި އަރުމޭނިއާއާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމްކޮށްފައެއްވެސް ނުވެއެވެ. ނަގޯރްނޯ-ކަރަބަޚްގެ މައްސަލައިގައި އަޒަރުބައިޖާނާއި އަރުމޭނިއާއިން ކުރި ހަނގުރާމައިގައި 1993ވަނަ އަހަރު ތުރުކީވިލާތުންވަނީ އަޒަރުބައިޖާނަށް ވާގިވެރިވުމުގެ ގޮތުން އަރުމޭނިއާއާއެކު އެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ބަންދުކޮށްފައެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާއާއި އަރުމޭނިއާއާދެމެދު ގާތް ގުޅުމެއް އޮވެއެވެ. އަރުމޭނިއާގައި ރަޝިޔާގެ އަސްކަރީ މަރުކަޒެއް ޤާއިމްކޮށްފައި ހުރެއެވެ. އޭގެ އިތުރުން ދެ ޤައުމަކީވެސް ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަންގެ ބައިވެރިންނެވެ. ކަން އެހެން އޮތް ނަމަވެސް އަޒަރުބައިޖާނާއެކުވެސް ރަޝިޔާއިން ގާތް ގުޅުމެއް ބާއްވައެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށް ރަޝިޔާއިންވަނީ ދެ ޤައުމަށްވެސް ގޮވައިލައިފައެވެ.

މައްސަލައަކީ ކޮބާ؟ ކުރު ޚުލާސާއެއް

އަރުމޭނިއާއާއި އަޒަރުބައިޖާން އޮންނަ ކައުކޭސަސް ސަރަޙައްދަކީ ޖޯގުރަފީގެ ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. އެ ސަރަޙައްދު އެބައެއްގެ ބާރުގެ ދަށަށް ގެނައުމަށް ނަޞާރާއިންނާއި މުސްލިމުންވަނީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެންވެސް މަސައްކަތްކޮށްފައެވެ. 1920ގެ އަހަރުތަކުގައި ރޫސީވިލާތް ވުޖޫދަށް އައުމުން އަރުމޭނިއާއާއި އަޒަރުބައިޖާނުންވަނީ އެ އިއްތިޙާދާ ގުޅިފައެވެ. ނަގޯރްނޯ-ކަރަބަޚްގައި ގިނައިން ދިރިއުޅެނީ ބައިގިނަ އަރުމޭނިއާގެ ރައްޔިތުން ކަމުގައި ވި ނަމަވެސް ރޫސީވިލާތުން އެ ސަރަޙައްދުގެ މައްޗަށް ބާރުދިނީ އަޒަރުބައިޖާނަށެވެ.

އެއަށްފަހު އައި އަހަރުތަކުގައި އަރުމޭނިއާއިންވަނީ އެ ޤައުމުގެ ބާރުގެ ދަށުގައި ނަގޯރްނޯ-ކަރަބަޚް ހިމެނުމަށް ތަކުރާރުކޮށް ގޮވާލައިފައެވެ. ނަމަވެސް އަރުމޭނިއާގެ ބައެއްގެ ގޮތުގައި އޮތުމަށް ނަގޯރްނޯ-ކަރަބަޚްއިން އެދޭކަމަށް ނަގޯރްނޯ-ކަރަބަޚްގެ ސަރަޙައްދީ ޤާނޫނު ހަދާ މަޖިލީހުން ނިންމީ 1980ގެ ފަހުކޮޅު ރޫސީވިލާތް ރޫޅެމުން ދިޔަ ދުވަސްވަރެވެ. ނަގޯރްނޯ-ކަރަބަޚްގައި އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމާމެދު އަޒަރުބައިޖާނުން ދެކޮޅު ހެދިނަމަވެސް އަރުމޭނިއާއިންވަނީ އެކަމަށް ހިތްވަރު ދީފައެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، ރޫސީވިލާތުން ދެ ޤައުމުވެސް ވަކިވި ފަހުން އެ ދެ ޤައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށުނެވެ. އެ ހަނގުރާމައިގައި އެތައް ހާސް މީހުން މަރުވެ މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ދެ ފަރާތުންވެސް ދެ ބައި މީހުންގެ އާބާދީތައް ނައްތާލުމަށްވަނީ މަސައްކަތްކޮށްފައެވެ.

1994ވަނަ އަހަރު ރަޝިޔާއިން މެދުވެރިވެ ޤާއިމްކުރި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން ނަގޯރްނޯ-ކަރަބަޚް އޮތީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ. އެ އެއްބަސްވުމަށްފަހު ނަގޯރްނޯ-ކަރަބަޚް އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް އޭރުން ފެށިގެން އެ ސަރަޙައްދުގައި އޮންނަނީ އަރުމޭނިއާގެ ސަރުކާރުގެ ވާގިވެރިކަމާއެކު ޤާއިމްކޮށްފައިވާ ބައިގިނަ އަރުމޭނިޔާ އާބާދީއެއްގެ އަމިއްލަ ވެރިކަމެކެވެ. އެއަށްފަހު ނަގޯރްނޯ-ކަރަބަޚް ލައިން އޮފް ކޮންޓެކްޓް ގާއިމްކޮށް އަރުމޭނިއާއާއި އަޒަރުބައިޖާނުގެ އަސްކަރީ ފައުޖުތައްވަނީ ވަކިކޮށްފައެވެ.

އޭގެ ފަހުން ދެ ޤައުމުގެ މެދުގައި ސުލްޙަ ޤާއިމްކުރުމުގެ އެއްބަސްވުމެއް ހެދުމަށް ދުނިޔޭގެ ޤައުމުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ދެ ޤައުމުގެ މެދުގައި ކުރިމަތިލުންތައްވަނީ ހިންގާފައެވެ. އެންމެ ފަހުން ބޮޑު ކުރިމަތިލުމެއް ހިންގާފައިވަނީ 2016ވަނަ އަހަރުގައެވެ. އެ ފަހަރު ދެ ފަރާތުގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ މަރުވެފައެވެ.

އަރުމޭނިއާގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ ނަޞާރާއިންނެވެ. އޭގެ ބަދަލުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ އަޒަރުބައިޖާނުގެ އާބާދީގެ ބޮޑު ބައި ޙިއްޞާކުރަނީ މުސްލިމުންނެވެ. އަޒަރުބައިޖާނާއި އަރުމޭނިއާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް އުނދަގޫވާ އެއް ސަބަބަކީ ސަރަޙައްދީ ސިޔާސީ މަޝްރަހެވެ. ރޫސީވިލާތް ރޫޅުމުން 1991ވަނަ އަހަރު އަޒަރުބައިޖާނުގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތީ ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުންނެވެ. އަޒަރުބައިޖާނުގެ ކުރީގެ ބޮޑުވަޒީރު ހައިދަރު އަލިޔެވްވަނީ އެ ޤައުމާއި ތުރުކީވިލާތަކީ އެއް ޤައުމެއްގެ ދެ ސްޓޭޓުގެ ގޮތުގައި ސިފަކުރައްވާފައެވެ. ދެ ޤައުމުގެ ސަގާފަތުގައި ގިނަ އެއްގޮތްކަންކަން ހުރުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންވެސް ގިނަ ޢަދަދަށް އަވަށްޓެރި ޤައުމުގައި ދިރިއެޅުއެވެ. މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންވަނީ އެ ޤައުމުން ވާގިވެރިވަނީ އަޒަރުބައިޖާނަށްކަމަށް ސާފުކޮށް ވިދާޅުވެފައެވެ.