ކުޅިވަރު

މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި: ފިރްލޯ


އިޓާލިއަން ލީގުގައި މިރޭ ރޯމާއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސް އޮތީ ލީގުގެ ފުރަތަމަ މެޗަށް ނުވާހާ ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕިރްލޯ ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ޓީމު ހޭނެމުންދާކަމަށެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި ކަމަށާއީ މުޅި ޓީމު އޮތީ މެޗަށް ފިޓްކޮށް ކަމަށް ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ އެއްމެ މެޗަކުން ޓީމުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށާއި ތައްޔާރުވުން ތަކުގައި ބޭނުން ކުރެވުނު ކަންތައްތައް މެޗުގައި ބޭނުން ހިފާނެކަމަށެވެ. ޓީމާ އަލަށް ގުޅުނު ފޯވާޑް މޮރާޓާއާ ގުޅޭގޮތުން ޕިރްލޯ ބުނީ މޮރާޓާ ކަހަލަ ކުޅުންތެރިއެއް ޓީމަށް ވަރަށް ބޭނުންވާކަމަށާއި އޭނާ ވެގެންދާނީ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ކަމަށެވެ.