ކުޅިވަރު

ނެދަލެންޑްސް ޓީމުގައި މުސްތަގުބަލު އެބައޮތް: ދި ބޮއާ


ނެދަލެންޑްސް ގައުމީ ޓީމުގައި މުސްތަގުބަލުގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމެއް އެބައޮތްކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު ފްރޭންކް ދި ބޮއާ ބުނެފިއެވެ.

އޭނާ ބުނީ މިއީ ވަރަށް ފަހުރުވެރިވާ ވަޒީފާއެއް ކަމަށާއި ކޯޗުކަމާއި ކުރިމަތިލާނީ ވަރަށް ގިނަ ކަންކަންކަމުގައި ޕޮޒިޓިވްކޮށް ވިސްނައިގެން ކަމަށެވެ. ޑި ބޮއާ ބުނީ ކޫމަން ގައުމީ ޓީމަށް ކުޅުނު ދުވަސްވަރަށް ފަހު އޭނާގެ ޖެނަރޭޝަނުގައި ޓީމުގައި ތިބި ކަހަލަ މޮޅެތި ކުޅުންތެރިން މިހާރުގެ ގައުމީ ޓީމުގައި އެބަތިބިކަމަށެވެ.

މަގާމާ ހަވާލުވުމަށް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަމުން ދި ބޮއާ ބުނީ އޭނާ ކުޅުނު ދުވަސްވަރުގައި އޭނާ އަކީ ވަރަށް އުންމީދު މަތިކޮށް ވިސްނާ ކުޅުންތެރިޔެއް ކަމަށާއި މިހާރު ކޯޗެއްގެ ގޮތުގައި އޭނާގެ އުންމީދު މަތިކަމަށެވެ. އުންމީދަކީ ކޯޗެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ނެދަލޭންޑްސްގެ ގައުމީ ޓީމުގައި ހޭދަކުރުން ކަމަށާއި އޭނާއަށް ވެވެނު އެންމެ ރަނގަޅަކަށް އެ މަސައްކަތް ކުރާނެކަމަށް ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

ދި ބޮއާ ވަނީ ގައުމީ ޓީމަށް 112 މެޗު ކުޅެދީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2010 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި މަސައްކަތް ކޮށްފައެވެ.