ވިޔަފާރި

ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ސާޢިދު


ކުރިއަށްއޮތް ދެއަހަރު ދުވަހަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑެލް ހޯދި ބާރު ދުވުންތެރިޔާ ޙަސަން ސާޢިދު ހަމަޖައްސައިފިއެވެ.މިކަން ޢިއުލާނުކުރުމަށް ދިރާގުގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދު ވަނީ ސާޢިދަށް ދިރާގުގެ ޖާޒީ ހަވާލުކޮށްފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގުގެ އެންބެސެޑަރ ޕްރޮގްރާމް މިހާރު ވަނީ ތަފާތު ގޮތަކަށް ބައްޓަންކޮށްފައި ކަމަށެވެ. އެގޮތުން ދިރާގުން އެމްބެސެޑަރުންނަށް ހަމަޖައްސަނީ ހުނަރުވެރި ނަމޫނާ ދިވެހި ޒުވާނުން ކަމަށް އިމްޖާދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ ދިރާގުގެ އެކިއެކި ހަރަކާތްތަކުން ސާއިދު ފެނިގެންދާނެކަމަށް އިމްޖާދު ވިދާޅުވިއެވެ.ދިރާގުން ބުނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ކޮންމެ ދާއިރާއަކުންވެސް ހުނަރުވެރި ހަރުދަނާ މަސައްކަތްތަކެއް ކުރާ ޒުވާނެއް ނަމަ އެކަން އެކުންފުނިން ފާހަގަ ކުރާނެ ކަމަށެވެ.