ޚަބަރު

ކޯވިޑް-19 : ގއ. މާމެންދޫގައި ހޯމް ކަރަންޓީނުގައިތިބި އެއް ޢާއިލާއެއްގެ 5 މީހަކު ޕޮޒިޓިވްވެއްޖެ


ގއ. މާމެންދޫގައި ހޯމް ކަރަންޓީނުގައި ތިބި 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މާމެންދޫން ޕޮޒިޓިވްވީ ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ 5 މީހުން ކަމަށެވެ. ހޯމް ކަރަންޓީންގައި ތިބޭތާ މިއަދަށް 12 ދުވަސްވެފައިވާއިރު އެޢާއިލާގެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ސާމްޕަލް ނަގައި ޓެސްޓްކުރުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި ކަރަންޓީނުވި އާއިލާގައި ކުޑަ ދެކުދިންވެސް ތިއްބެވެ. ޕޮޒިޓިވްވި މީހުންގެ ހާލުރަނގަޅުކަމަށް ޢާއިލާއިން ބުނެއެވެ.

މިދިޔަ ޖޫންމަހުގެތެރޭގައިވެސް ގއ. މާމެންދޫގައި ހޯމް ކަރަންޓީނުގައި ތިބި އެއް ޢާއިލާއެއްގެ 3 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވެވެފައެވެ.