ޚަބަރު

ބައިކިލޯގެ ހަޝިޝް އޮއިލާއެކު މީހަކު ހައްޔަރުކޮށްފި


މިމަހުގެ
އެގާރަވަނަދުވަހު އެއާރ އިންޑިއާ ފްލައިޓަކުން މާލެ އައި މީހެއްގެ އަތުން
ބައިކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.



މޯލްޑިވްސް
ކަސްޓަމްސް ސަރވިސަސްއިން ބުނީ މިމަހުގެ އެގާރަވަނަ ދުވަހު އެއާރ އިންޑިއާ ބާރަ
ފަސްދޮޅަސް ތިނެއް ފްލައިޓުން މާލެ އައި ދިވެހި ފިރިހެނެއްގެ އަތުން ބައި ކިލޯގެ ހަޝިޝް
އޮއިލް ފެނިފައިވާކަމަށެވެ. އަދި މިތަކެތި ފެނިފައިވަނީ މީނާ އަތުގައި ހުރި ޑައެޓްރީ
ސަޕްލިމެންޓް ފުޅިއެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާކަމަށް ކަސްޓަމްސްއިން
މައުލޫމާތުދެއެވެ.



މިމައްސަލައިގައި
އޭނާއާއި ސުވާލުކުރުމުން، އެއީ ރާއްޖޭގައި ހުރި މީހަކަށް ހަވާލުކުރުމަށް މީހަކު
ދީފައިވާ އެއްޗެއްކަމަށް އެމީހާ މައުލޫމާތުދީފައިވާ ކަމަށްވެސް ކަސްޓަމްސްއިން
މައުލޫމާތުދެއެވެ.



ކަސްޓަމްސްއިން ބުނީ
އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި
ހަވާލުކޮށްފައިވާކަމަށެވެ.



ފުލުހުން ބުނީ
މިމައްސަލަ އިތުރަށް ތަހްޤީޤްކުރަމުންދާކަމަށެވެ.