ޚަބަރު

ވައިގެ މަގުން ކަނޑުގެ ސަރަޙައްދު ބެލެހެއްޓޭނެ ވަސީލަތައްވެސް ރާއްޖެއަށް ބޭނުންވޭ: ކޯސްޓްގާޑް


ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޒަމާނީ ވަސީލަތާއިއެކު ވައިގެ ޒަރިއްޔާއިންވެސް ބެލެހެއްޓޭނެ ގޮތްތަކެއް ހޯދަންޖެހިފައި ވާކަމަށް އެމްއެންޑީއެފް ކޮމަޑާންޓް ކޯސްޓްގާޑު ކާނަލް މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ އުޅަނދުފަހަރު ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އެމްއެެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިދިޔަ އަހަރު އަމަލުކުރަން ފެށުނު މަސްވެރިކަމުގެ އައު ޤާނޫނުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ކުރިއަށްވުރެ ހަރުދަނާ ނިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. ސަލީމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވުމުގެ ސަބަބުން މަދު ވަސީލަތްތަކާއިއެކު އެސަރަހައްދު ބެލެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އެހެންކަމުން ޒަމާނީ ގިނަ ވަސީލަތްތައް ހުރެގެން ނޫނީ އެންމެ ފުރިހަމައަށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ގޮންޖެހުން ހުންނާނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް އެވަސީލަތައް ތަޢާރަފްކުރުމުގެ ވިސްނުން ކޯސްޓްގާޑުގެ އެބަހުރިކަމަށް ސަލީމް ވިދާޅުވިއެވެ.

"އަނެއްހެން ދަންނަވާކަމަށްވާނަމަ ސްރީލަންކާގެ ލޭންޑްސްޕޭސްގެ 14 ސްރީލަންކާ ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި އަތުރާލެވިދާނެ. އޭރުން އިޙްސާސްކުރެވޭނެ މިސަރަހައްދުގެ ބޮޑުކަން. އެހެންވީމަ ވަރަށް ގިނަ ވަސީލަތް ހުރެގެން ނޫނީ 100 ޕަސެންޓް މިސަރަހައްދު ބެލެހެއްޓުމަކީ ގޮންޖެހުންތައް ހުންނާނެކަމެއް. އެހެންވީމަ ވަރަށް ގިނަ ވިސްނުންތައް އެބަހުރި ޚާއްޞަކޮށް މިޒަމާނުގެ ޓެކްނޮލޮޖީއާ އަޅުގަނޑުމެންނާ އެކިފަރާތްތަކާ އޮންނަ ގުޅުން ރަނގަޅުކޮށްގެންނާ އަދި ޚާއްޞަކޮށް މަސްވެރިންނާ ކަނޑުދަތުރުކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު މުޅި ސޮސައިޓީއެއްކޮށް ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި މިކަންކޮށްފިއްޔާ އަޅުގަނޑުމެނަށް ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށާއި، އެނޫން ގޮތްގޮތުން ބެލެހެއްޓުމަށްވެސް ޒަމާނީ ވަސީލަތައް ޤާއިމްކޮށް މިއަހަރުގެ ތެރޭގައިވެސް އެވަސީލަތައް ބޭނުންކުރަން ފެށޭނެކަމަށެވެ. އެގޮތުން ސެޓެެލައިޓް އިމޭޖިނަރީގެ އެހީގައި ކަނޑުގެ ސަރަަހައްދުތައް ބެލެހެއްޓުން ފެށޭނެކަން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓްކުރާ އުޅަނދުފަހަރުގެ މައުލޫމާތު ފަސޭހައިން ދެނެގަނެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ޔޫއެން-އޯޑީސީގެ އެހީތެރިކަމާއެކު ޤާއިމްކުރާ ނިޒާމެކެވެ. ސަލީމް ވިދާޅުވީ، ވަރަށް ކުރިންފެށިގެންވެސް ރާއްޖޭގައި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ވަސީލަތްތަަކާއި އިންތިޒާމް ބޭނުންވާކަން ދެނެގަނެވިފައި ވާކަމަށާއި، މިއަހަރުގެ ތެރޭގައި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ވަސީލަތް ޤާއިމްކުރެވިގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"އެހެންވީމަ ތަންކޮޅެއް ފޯކަސްޑްގޮތެއްގައި މިއޭރިޔާ ބެލުމުގެ ކަންކަން ކުރެވިގެންދާނެ. އަޅުގަނޑުމެންގެ އަތުގައި އޮތް މަދު ވަސީލަތް ޚާއްޞަގޮތެއްގައި ކަނޑުމަތީގެ ބޮޑު ތިން އުޅަނދު ބޭނުންކޮށްގެން ވަރަށް ފޯކަސްޑް މަސައްތްތަކެއް ކުރެވިގެންދާނެ. އެގޮތުން މަސްވެރި އުޅަނދުތައް ނޫނަސް ގޮސް ސުވާލުކޮށް އިންޓަރސެޕްޓްކޮށް އެމީހުން ކުރަނީ ކޮންކަމެއްތޯ ކޮން ދިމާލަކަށް ތޯ ދަތުރުކުރަނީ. މިގޮތަށް ބަލަން ފެށުނީމަ ކުރިއަށްވުރެ ހަރުދަނާގޮތެއްގައި ސަރަހައްދު ބެލެހެއްޓިގެންދާނެ." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޜާއްޖޭގެ ކަނޑުގެ ސަރަހައްދަށް މަސްވެރި އުޅަނދުތަކުގެ އިތުރުން އެހެން ވަރަށް ގިނަ ކަންކަމުގައި ވެސް އުޅަނދުތައް ވަދެގެން އުޅޭކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުމުގައި ރާއްޖޭގެ މަސްވެރިންގެ ފަރާތުންވެސް ލިބޭ އެއްބާރުލުން ބޮޑުކަންވެސް ސަލީމް ފާހަގަކުރެއްވިއެވެ.

"ކުރިއާ ޚިލާފަށް މަަސްވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އެބަލިބޭ. މިހާރު މަސްވެރިންގެ އޮތުގައިވެސް ސެޓްލައިޓް ފޯނާ މިތަކެތި ހުރީމަ އަޅުގަނޑުމެންނަށް ކަންކަމުގައި ގުޅަން ވަރަށް ފަސޭހަ. ހަމަ ކަންކަން ދިމާވެގެން ކަނޑުމަތީގަ މިހާރު އަޅުގަނޑުމެންނަށްވެސް މަސްވެރިންނަށްކުރިއަށްވުރެ ބޮޑަށް އެހީތެރިކަން އެބަ ފޯރުކޮށްދެވޭ. ފަހަކަށްއައިސް ހަމަ ބުޅިއެއް އެޅިގެން ނުވަތަ އެންޖަރީއެއް ވެއްޖާ މަސްވެރިން ކޮމިއުނިކޭޓްކުރޭ. ހަމަ އެބީދައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޝައްކުކުރެވޭ ކަމެއް ހިނގަންޏާ ހަމަ ވީޑިއޯ ވެސް ރިކޯޑްކޮށްލައިގެން އެބަ ގެނެސްދޭ މިކަހަލަ ކަންކަން އުޅޭއިރު." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަކީ ނުވަލައްކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަހަރުގެ މިހާތަނަށް އެކަނިވެސް ޤަވާއިދާއި ޚިލާފަށް ވަދެ އުޅުނު 7 އުޅަނދެއް ހިފަހައްޓާފައިވާކަމަށް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ޮހހ

މެރިޓައިމް ސަވަރލަންސް އެ އަރ ކުރަފްޓް ިިިިި އިންޑަކްޓު ކުރަން ވި އަސްލު އެރުން ވެސް ކޮސްޓުގަޑުގެ ގަބިލް ކަން އިތުރު ވަނެ