ދީން

މާދަމާއަކީ މިއަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސް


މާދަމާއަކީ މިއަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސްކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ. ސައުދީ އަރަބިއްޔާއިން ވަނީ، ރޭ ހައްޖުމަހުގެ ހަނދު ފެނިފައިނުވާކަމަށާއި މިއަދަކީ ޒުލްޤައިދާ މަހުގެ 30 ވަނަ ދުވަސްކަމަށް އިއުލާން ކޮށްފައެވެ.އަދި މިއަހަރުގެ އަޟުހާ ޢީދު ދުވަހަކީ މި މަހުގެ 24 ވަނަ ދުވަސްކަމަށްވެސް ސައުދީ އަރަބިއްޔާއިންވަނީ އިޢުލާން ކޮށްފައެވެ.