ޚަބަރު

ކުޑަހުވަދުއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ދ.ކުޑަހުވަދުއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރިމީހެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ޚާއްޞާކޮށް މާސްކްއެޅުމަށް އެރަށު ރައްޔިތުންންނަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް މާލެ ފިޔަވާ 22 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވް 48 މީހުން ތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއީ 34 ދިވެހިންނާއި، 14 ބިދޭސީންނެވެ. އަދި މިވަގުތު މޮނިޓަރިންގެ ޙާލތުގައި އޮތީ ގދ.ހޯނޑެއްދޫ އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 9770 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން މިވަގު ފަރުވާދެމުން އަންނަނީ 1340 މީހަކަށެވެ.