ކުޅިވަރު

އައު އެއްބަސްވުމެއް އަހަންނަށް ހައްގު: ގާޑިއޯލާ


މެންޗެސްޓަރ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން އައު އެއްބަސްވުމެއް އޭނާއަށް ހައްގުކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 49 އަހަރުގެ ގާޑިއޯލާ ބުނީ ކުލަބަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރަން ބޭނުންވާކަމަށެވެ. މެންޗެސްޓަރ ސިޓީއާއެކު ހޭދަ ކުރަމުންދާ ފަސްވަނަ ސީޒަނާ ގުޅޭގޮތުން ގާޑިއޯލާ ބުނީ އޭނާއަށް ސިޓީއާއެކު މަސައްކަތް ކުރުމަށް ލޯބި ޖެހިއްޖެކަމަށާއި އޭނާ މަޑުކުރަން ހައްގުކަމަށެވެ. އޭނާ ބުނީ މެންޗެސްޓަރ ސީޓީ ފާއިތުވެގެން ދިޔައި ދިހަ ސީޒަނުގައި ގިނަ ކާމިޔާބުތަކެއް ހޯދައިފިކަމަށާއި އެކަން ދިގު މުއްދަތަކަށް ދަމަހައްޓަން އޭނާ ކުލަބުގައި މަޑުކުރުވުން މުހިންމުކަމަށެވެ.

މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެމްޕިއަން ލިވަޕޫލްއަށް ވުރެ 18 ޕޮއިންޓް ފަހަތުން ދެވަނައިގައި ނިންމާލުމާއި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފްރާންސްގެ ލިއޯން އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމުން ސިޓީގެ ވެރިން ތިބީ އޭނައާ މެދު ހިތްހަމަނުޖެހިފަކަމަށް ގާޑިއޯލާ މީގެކުރިން ވަނީ ބުނެފައެވެ.

ގާޑިޔޯލާ ބުނީ މިހާރުގެ ހާލަތާ ގުޅޭގޮތުން ކުލަބުގެ ވެރިޔާ ހަލްދޫން އަލް މުބާރަކް ބުނީ ޗީފް އެގްޒެކެޓިވް ފެރަން ސޮރިއާނީ އޭނާއާ މަޝްވަރާކުރަން ޖެހޭކަމަށެވެ. މި ސީޒަންގެ ލީގުގެ ސިޓީ ފުރަތަމަ މެޗުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ގާޑިއޯލާ ބުނީ މިފަހަރުގެ ސީޒަންގައި ސިޓީއާދޭތެރޭ ހުރިހާ އެންމެ ދެކޭގޮތް ތަފާތުކަމަށާއި މާޒީގައި ކާމިޔާބު ހޯދާފައިވުމުން މި ފަހަރުވެސް ސީޓީއާމެދު އޭނާއާ ސަޕޯޓަރުންގެ އުއްމީދު ވަރަށް މަތިކަމަށެވެ.