ކުޅިވަރު

ވިސްނުން ބަދަލުކުރެވިއްޖެ، އަދިވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ: އާޓެޓާ


ކާމިޔާބު ހޯދިދާނެކަމުގެ ވިސްނުން ބަދަލުކުރެވިފައިވާކަމަށާއި އަދިވެސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަކަންކަން އެބަހުރިކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އަތުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ މަސައްކަތް ކުރީ ތިން ޕޮއިންޓް ހޯދަންކަމަށާއި އެކަން ހާސިލުވުމުން އުފާވާކަމަށެވެ. އާޓެޓާ ބުނީ މެޗުގައި އޭނާ ބޭނުންވާ ކަހަލަ ކުޅެމެއް އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ފަހު 25 މިނެޓުގައި ކަމަށެވެ.

އާޓެޓާ ބުނީ މިހުރިހާ ކަމަކާއެކުވެސް އާސެނަލުން މެޗުތަކުން މޮޅުނުވޭވެނެ ކަމުގެ ވިސްނުން މިހާރު ބަދަލު ކުރެވިފައިވާކަމަށެވެ. ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވުން އެއީ މިވަގުތައް ބަލާއިރު ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އާޓެޓާ ބުންޏެވެ.

އާސެނަލަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރިއަށް އޮތް ފަސް މެޗު ތެރޭގައި ލިވަޕޫލާއި މެންޗެސްޓަރ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑު މެޗު އޮތްކަން ފާހަގަކޮށްލެވެއެވެ.