ވިޔަފާރި

ބީއެމްއެލްގެ ނަމުގައި އަންނަ މެސެޖާއި ކޯލުތަކަށް ސަމާލުވާންޖެހޭ


ބީއެމްއެލްގެ
ނަމުގައި ފޮނުވަމުންދާ ސައްހަ ނޫން އީމެއިލާއި ކޯލްތަކަށް ސަމާލްވުމަށް
ބީއެމްއެލްއިން އިލްތިމާސްކޮށްފިއެވެ.



ބޭންކް
އޮފް މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައިވާގޮތުން އެ ކުންފުނީގެ ނަމުގައި
ކަސްޓަމަރުންނަށް އީމެއިލް އަދި ފޯން ކޯލްތަކެއް ލިބެމުންދާކަން ފާހަގަ
ކުރެވިފައިވާ ކަމަށާއި އެގޮތަށް ފޮނުވާ އީމެއިލްގައި ބީއެމްއެލްގެ އިންޓަރނެޓް
ބޭންކިންގ ލޮގިން ޕޭޖާ ވައްތަރު ސައްހަ ނޫން ވެބް ޕޭޖެއް މެދުވެރިކޮށް
ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި އީމެއިލް އެޑްރެސް އަދި
ޕާސްވޯޑްތައް ހިއްސާކުރުމަށް އޭދެމުންދާކަމަށެވެ. އަދި ބައެއް ކަސްޓަމަރުންނަށް
ބީއެމްއެލްގެ ނަމުގައި ފޯން ކޯލްތަކެއް މެދުވެރިކޮށްވެސް މިފަދަ މައުލޫމާތު ހޯދުމަށް
މަސައްކަތްކުރަމުންދާ ކަމަށެވެ.



ބީއެމްއެލްއިން
ވަނީ ކަސްޓަމަރުންނަށް އަންނަ އެފަދަ ފޯން ކޯލްތަކަށް ސަމާލުވެ، ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv ނުވަތަ ބީއެމްއެލް މޮބައިލް އެޕް ނޫން ވެބް ޕޭޖެއް
މެދުވެރިކޮށް އިންޓަރނެޓް ބޭންކިންގއަށް ލޮގް އިން ނުވުމަށް އިލްތިމާސް
ކޮށްފައެވެ.