ޚަބަރު

ހިތަދޫގައި ރޭ ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެ


އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި ހިތަދޫ އާރްއޭއެފް ސަރަޙައްދުގައި ހިނގި މިއެކްސިޑެންޓްގައި ޒަޚަމް ވެގެން ހޮޕިޓަލަށް ގެންގޮސްފައިވަނީ ދެފިރިހެނުންނެވެ. މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.އެމީހާ ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވެފައިވާ ކަމަށް އެފަރާތުން މަޢްލޫމާތުދެއެވެ. އަދި އަނެއް ޒުވާނާއަށް ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށްވެސް ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.