ޚަބަރު

ފޯކައިދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


ށ.ފޯކައިފޯކައިދޫގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. ފޯކައިދޫ ބަނދަރުގެ މަސައްކަތްކަތް ކުރިއަށްދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

ފޯކައިދޫގައި އަލަށް ތަރައްޤީކުރާ ބަނދަރަކީ 464މީޓަރުގެ ބަނދަރެކެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ފުންކުރުމާއި، 507މީޓރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖެހުން ހިނެމެއެވެ.

ފޯކައިދޫ ބަނދަރު ރަތަރައްޤީކުރަނީ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. އެގޮތުން ބަނދަރުގެ 2320 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތިއާއި މަގުބައްތިޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔައަހަރުގެ ޑިސެމްބަރުމަހުއެވެ. މި ޕްރޮޖެކްޓަކީ ސަރުކާރުން 55.97މިލިއަން ރުފިޔާ ޚަރަދުކޮށްގެ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.