މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕަރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސޫޒަން ހަނީފް ސަސްޕެންޑްކޮށްފިއެވެ.
ސިވިލް ސަރިވިސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން ސޫޒަން ހަނީފް ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ހިންގި ޚާއްސަ
އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން، އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައިނިމެންދެންނެވެ.
މިނޫސްބަޔާނުގައިވާ ހާމަކޮށްފައިވާ ގޮތުން ސޫޒަން ހަނީފަށް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށް މިއަދުން ފެށިގެން 30 ދުވަހަށެވެ.