ޚަބަރު

ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތް ރައީސް، ނަޝީދު ފައްޓަވައިފި


ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީ.ވީ.އެފް)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފައްޓަވައިފިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރ"ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަންކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގައެވެ.

ސީވީއެފްގެ އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތާއި ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއި، ޢަބްދުލް ކަލާމް އާޒާދު އާ، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީ އާއި އެ އިދާރާގެ ބޭފުޅުންގެ އިތުރުން ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތްޕުޅު ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއި، އަބްދުލް ކަލާމް އާޒާދު ވަނީ ފާހަގަކުރައްވާފައެވެ.

ސީ.ވީ.އެފް.ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މަަސައްކަތްޕުޅުގެ މައިގަނޑު އަމާޒަކަށް ވާނީ މި އަހަރުގެ ނިޔަލަށް ޕެރިސް އެގްރީމަންޓްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެއްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިދާރާއިން ވަނީ ވިދާޅުވެފައެވެ.

ސީވީއެފްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގަ އެވެ. އެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަޤާމަށް ރައީސް ނަޝީދު ޢައްޔަނުކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވިއިރު، ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައި ވެއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް(ސީވީއެފް)އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ބައިވެރިވާ ބައިނަލްއަޤުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެއްޓާއި ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.