ޚަބަރު

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ 30 ދުވަހަށް ބަންދުކޮށްފި


  • މި މައްސަލަ ރިޕޯޓް ކޯށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެރޭ

  • މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ސްޓާ، މުހަންމަދު ރަޒީން

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ 30 ދުވަހަށް ބަންދުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި މާލެ / މ. ސްޓާ މުހަންމަދު ރަޒީން 49 (އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފަވާ ކަމަށެވެ.

މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓް ކޯށްފާވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 01:30 އެހާކަންހާއިރުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.