ކުޅިވަރު

ޖަރަމަނު ލީގަށްވުރެ އިނގިރޭސި ލީގު އުނދަގޫ: ކައި ހާވާޓްޒް

ޖަރުމަނު ބުންޑެސް ލީގާއަށްވުރެ އިނގިރޭސި ޕްރިމިއަރ ލީގު އުނދަގޫކަމަށް ޗެލްސީގެ ކައި ހާވާޓްޒް ބުނެފިއެވެ.

ޖަރުމަނުގެ ބަޔާ ލެވެކޫސަން އިން 70 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއާ ގުޅުނު ހާވާޓްޒް ޕްރިމިއަރ ލީގުގެ ކުޅުނު ފުރަތަމަ މެޗަށް ފަހު ވާހަކަ ދައްކަމުން ހާވާޓްޒް ބުނީ މޮޅުވިޔަސް އިދިކޮޅަށް ކުޅުނު ބްރައިޓަންގެ ފަރާތުން އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އޭނާ ބުނީ ކުލަބާ ގުޅުނީ ގިނަ ދުވަހު ޗުއްޓީގައި ހުރެފައި ކަމަށެވެ. ހާވާޓްޒް ބުނީ އޭނާގެ ފުރަތަމަ މެޗުން ޓީމަށް ތިން ޕޮއިންޓު ލިބުމުން އުފާވާކަމަށެވެ.

މިހާރު އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ބުނީ ކުލަބުގެ ތަމްރީން ތަކުގައިއާ މެޗުގައި ވެސް ޕްރިމިއަރ ލީގު ޖަރުމަނު ލީގަށް ވުރެ އުނދުގޫކަމަށެވެ. ހާވާޓްޒް ބުނީ އުއްމީދަކީ ލިވަޕޫލް މެޗުގައި މޮޅުކުޅުމެއް ދެއްކުން ކަމަށާއި އޭނާގެ ނަޒަރުގައި ލިވަޕޫލަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ ޓީމެއްކަމަށެވެ. އޭނާ ބުނީ ލިވަޕޫލް މެޗު ދެޓީމަށް ވެސް ފަސޭހަ ނުވާނެކަމަށާއި އޭނާގެ ފަރާތުން ފުރަތަމަ މެޗުގައި ޓީމަށް ދެއްކުނީ ހިތްހަމަޖެހޭވަރުގެ ކުޅުމެއް ކަމަށެވެ.