ދީން

ވިސާ މައްސަލަ ދިވާމި ޙައްޖާޖީގެ މައްސަލަ ހައްލުކުރެވިއްޖެ


މިނާ ޙައްޖު އުމުރާ ގްރޫޕުން ވިސާ މައްސަލަ ދިވާމި ޙައްޖާޖީގެ މައްސަލަ ހައްލުކުރެވި މި މަހުގެ 15 ވަނަ ދުވަހު މައްކާގައި ތިބި ޙައްޖާޖީންނާއި ގުޅި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ ކަމަށް އެގުރޫޕުން ބުނެފިއެވެ.ޕީ.އެސް.އެމްއާއި ވާހަކަ ދައްކަމުން އެ ގުރޫޕުން ބުނީ ވިސާ މައްސަލަ ޖެހުނީ ސައޫދީއަރަބިއްޔާއިން ވިސާ ދޫކުރުމުގައި އެރި އޮޅުމަކުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަންވެސް އެ ޖަމާއަތުން ބުނެއެވެ.މިނާ ގުރޫޕްގެ ހުރިހާ ހައްޖުވެރިންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި މަދީނާ ދަތުރަށްފަހު ހުރިހާ ޙައްޖާޖީން މިހާރު ތިބީ މައްކާގައިކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ.އެ ގުރޫޕުން މިއަހަރު ތިންސަތޭކައަށްވުރެ ގިނަ ޙައްޖާޖީން މި މަތިވެރި އަޅުކަމުގައި ބައިވެރިވާނެއެވެ.