ސިޔާސީ

ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެމް.ޑީ.ޕީން ހިނގާލުމެއް ބާއްވައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު އެމް.ޑީ.ޕީން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ. އެ ޕާޓީގެ އިސްވެރިންނާއި، އާންމު މެންބަރުން ބައިވެރިވި މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ބޮޑެތި މަގުތަކުގައެވެ. އާޓިފިޝަލް ބީޗުން ހިނގާލުން ފެށުމަށް ހަމަޖެއްސި ނަމަވެސް ހިނގާލުން ފަށާފައިވަނީ އޭޑިކޭ ހޮސްޕިޓަލް ކައިރިންނެވެ. ހިނގާލުމުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކަށް މަޑު ކުރުމަށްފަހު، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާފައެވެ. މުހައްމަދު
ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ 2012 ވަނަ އަހަރު
ރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކޮށް އެކަހެރި ކުރި މައްސަލާގައި
ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އުފުއްލެވި ޓެރަރިޒަމްގެ ކުށުގެ ދައުވާ
ޝަރީއަތަށް ސާބިތުވުމުންނެވެ.