ޚަބަރު

ކޯވިޑް-19ގެ އާލާސްކަންފުޅުން ފަސޭހަފުޅުވެ ރައީސް މައުމޫނު ގެކޮޅަށްވަޑައިގެންފި


ކޯވިޑް-19ގެ އާލާސްކަންފުޅު މުޅިން ފަސޭހަފުޅުވެ ހޮސްޕިޓަލުން ދޫކޮށްލެއްވުމުން ރައީސް މަޢުމޫނު ގެކޮޅަށްވަޑައިގެންފިއެވެ.

އާލާސްކަންފުޅުން ފަސޭހަފުޅުވިކަން ހާމަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެކޮޅަށް ވަޑައިންފައިވާ ކަމަށާއ، ހާލުކޮޅު ރަނގަޅު ކަމަށެވެ.

ރައީސް މައުމޫނުވަނީ އެކިއެކި ބަލިތައް ތަޙަންމަލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމު ކުރެއްވި ޓުވީޓު ---

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ހުސްވި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ.

އާދަމްބެ

الحمدلله އުފާވެރި ޚަބަރެއް.