ހޯނޑެއްދޭގެ %6 ގޭބީސީއިން ކޯވިޑް-19 ބަލި ފެނިފައިވާކަމަށާއި، ރަށުގެ %19 ގޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ތިބިކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ގދ.ހޯޑެއްދޫއިންވަނީ މިހާތަނަށް 38 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހައިރިސްކް 8 މީހަކުވެސް ހިމެނޭކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ތަފީޤްވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ބެލި ބެލިމުން 202 ކޮންކްޓެކްޓުން ފާހަގަވެފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"202 ކޮންޓެކްޓުން އެބަތިބި، 18 މީހުންނަކީ ހައިރިސްކް މީހުން. އެރަށުގައި %6 ގޭބީސީއިން ވަނީ ބަލި ފެނިފައެވެ. އަދި ރަށުގެ 19%ގޭގައި ކޮންޓެކްޓުން އެބަތިބި."ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިހާރުވެސް 11 ސާމްޕަލެއް އެރަށުން ޓެސްޓް ކުރަމުންދާކަމަށެވެ. އަދި ކޮންޓެކްޓުން ފެންނަވަރަކަށް ކޮންޓެކްޓުންގެ ސާމްޕަލާއި ރަށުތެރެއިން ރެންޑަމް ސާޕްލްވެސް ނަގަމުންދާކަމަށެވެ.
ގދ.ހޯނޑެއްދުއަށް ކަރަންޓީނަށް ދިޔަ ބަޔަކު ކަރަންޓީން އުސޫލާ ޚިލާފުވިކަމަށް ބުނާ ވާހަކައާއި ގުޅޭގޮތުން ޑރ.ނަޒްލާ ވިދާޅުވީ މިހާތަނަށް އެއްކުރި މަޢޫލޫމާތަށް ބަލާއިރު އެފަދަ މަޢުލޫމާތެއް ޔަޤީންކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އެކަން އިތުރަށް ބަލައި، މި މައްސަލަ ތަޙުޤީގުކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ހޯނޑެއްދޫން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްފެފައިވަނީ އެރަށުން މިމަހުގެ 3ވަނަ ދުވަހު ފެނުނު 2ކޭސްއަށް ފަހުއެވެ. އަދި އެ ދެމީހުންނާއި ގުޅުންގުރި އިތުރު 32 މީހުންވަނީ މިހާތަނަށް އެރަށުން ޕޮޒިޓިވްވެފައެވެ. މިކޭސްތަކާއި ގުޅިގެން ހޯނޑެއްދުއާއި ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލިވެސްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި ދެރަށުންވެސް ސާމްޕަލް ޓެސްޓްކުރަމުންދާއިރު، މިހާތަނަށް މަޑަވެލިން ކޯވިޑް ކޭސްއެއް ފެނިފައެއް ނުވެއެވެ.