ޚަބަރު

އދ. ދަނގެތީ ރަށް ގިރުމުގެ މައްސަލަ


ރާއްޖޭގެ ރަށްތަކަކީ ބިންތިިރި ޖަަޒީރާ ރަށްތަކަކަށް ވުމާއެކު ރަށްގިރުމުގެ މައްސަލައަކީ ވަރަށް ގިނަަ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެގޮތުން އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަކީވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަށުގެ 4 ދިމާއަކުން ރަށް ގިރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.  އދ. ދަނގެއްޗަކީ އުމުރާނީގޮތުން ބަޮޑެތި ކުުރިއެރުންތަކެއް ހޯދަމުންދާ ރަށެއް ނަމަވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްގިރުމުގެ މައްސަލައެވެ. ދަނގެތީ ކައުންސިލްގެ ނައިބު ރައީސާ އައިމިނަތު ނައީމާ ވިދާޅުވީ ބައެއް ދިމާއިން 300 ފޫޓާ ކައިރިކުރާ ވަރަށްވެސް ގިރަމުންދާ ކަމަށް ފާހަގަކުރެވިފައިވެއެވެ. "ގިރާފައިވާ ސަރަހައްދުގެ ފޮޓޯތައް މިހާރު ވަނީ އެންވަޔަރމަންޓް މިނިސްޓްރީއާއި ހިއްސާކޮށްފަ. ރަށުގައި މިވަގުުތު ބަނދަރު ހަދަމުންދާއިރު ބާކީ ފަސްތައް، ގިރަމުންދާ ސަރަހައްދަށް އެޅިކަމުގަވިޔަސް ރިވެޓްމަންޓް ނުޖަހާނަމަ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ނުކުރެވޭ." ނައީމާ ވިދާޅުވިއެވެ. ދަނގެތީ އިރުމަތީ ފަރާތުން އެންމެ ބޮޑަށް ގިރަމުންދަނީ ގައުމީ މުވާސަލާތީ ކުންފުނި ދިރާގުގެ ސަަރަހައްދީ އޮފީސް ހުންނަ ސަރަހައްދެވެ. މިހާރުވެސް އެ އިމާރާތުގެ ވަށާފާރުން އެތެރެއަށް ބައެއް ވަނީ ގިރާލާފައެވެ. ރަށްގިރުމުގެ މައްސަލައަށް އަވަސް މުސްތަގްބަލެއްގައި ހައްލު ލިިބިގެން ދިއުމަކީ ދަނގެތީގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް ދަނގެތީ ކައުންސިލުން ވިދާޅުވެއެވެ.