ޚަބަރު

ރާއްޖޭގެ 7 ރަށަކުން އިތުރު ބަޔަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖޭގެ 7 ރަށަކުން މިއަދު އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.\

އެޗްއީއޯސީން ވިދާޅުވީ، މިއަދު ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ، ހއ ދިއްދޫ އާއި އެއަތޮޅު ކެލާގެ އިތުރުން، ތ ވޭމަންޑޫ އާއި، ނ މަނަދު އާއި، ޅ ނައިފަރާއި ރ ދުވާފަރުގެ އިތުރުން ގދ ހޯޑެއްދޫއިންނެވެ.

ދިއްދޫއިން ޕޮޒިޓިވްވީ ޢުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ކެލާއިން ޕޮޒިޓިވްވީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

ތ ވޭމަންޑޫ އާއި ނ މަނަދޫ އިން ކޯވިޑް 19އަށް ޕޮޒިޓިވްވެފައި ވަނީ، ފުރަބަންދު ކަރަންޓީންގައި ތިބި ދެމީހުންނެވެ. ވޭމަންޑޫއިން ޕޮޒިޓިވްވެފައި ވަނީ 54 އަހަރުގެ ދިވެހިއަންހެނެކެވެ. މަނަދޫން ޕޮޒިޓިވްވެފައިވަނީ ދިވެހި ފިރިހެނެކެވެ.

ރ ދުވާފަރާއި، ޅ ނައިފަރުން ޕޮޒިޓިވްވެފައި ވަނީ، އެދެރަށުން މީގެ ކުރިން ޕޮޒިޓިވްވި މީހުންނާއި ބައްދަލުވެފައިވާ ދެމީހުންނެވެ. މިގޮތުން ދުވާފަރުން 23 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވްވި އިރު، ނައިފަރުން ޕޮޒިޓިވްވެފައި ވަނީ، ޕޮޒިޓިވް މީހަކާއި ބައްދަލުވި ބަނގުލަދޭޝްގެ ފިރިހެނެކެވެ.

ގދ ހޯޑެއްދޫއިންވެސް މިއަދު ޕޮޒިޓިވްވީ، އެރަށުން ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވެފައިވާ ދެމީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 8900އަށް ވަނީ އަރާފައެވެ. މާލެފިޔަވާ 25 ރަށެއްގައި މަިވަގުތުވެސް ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ 90 މީހަކު އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި 8 ބިދޭސީންނެވެ. އަދި މޮނިޓަރިންގެ ޙާލަތުގައި އޮތީ ގދ.ހޯނޑެއްދޫއާއި އެއަތޮޅު މަޑަވެއްޔެވެ.