ޚަބަރު

ނަޝީދުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި


އިސްތިއުނާފުކުރުމަށް ހުށަހެޅި ކުރީގެ ރައީސް
ނަޝީދުގެ މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ޕީޖީ އޮފީހުން އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލަ
ބަލައިގަތުމާއި މެދު ހައިކޯޓުން ނިންމެވި ނިންމެވުމުގައިވަނީ، އިސްތިއުނާފް
ކުރެވިދާނެ ހާލަތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، މިމައްސަލައަކީ އޭގެއިން
ހާލަތަކަށް ފެތޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށެވެ. 

އަދި މިމައްސަލައަކީ އެފަރާތެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާކަމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް ނަޝީދުގެ ފަރާތުން
އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަންވެސް ހައިކޯޓުގެ
ނިންމެވުމުގައިވެއެވެ.

މީގެ އިތުރުންވެސް މިމައްސަލަގައި ހައިކޯޓަށް
ފާހަގަކުރެވުނު ޤާނޫނީ ކަންކަން މިނިންމެވުމުގައި ހައިކޯޓުން
ތަފްސީލުކޮށްދީފައިވެއެވެ.











ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ
ޖަލު ހުކުމް އިސްތިއުނާފްކުރުމަށް ހުށަހެޅުމުން، މިމައްސަލަ ބަލައިގަތުމާއި މެދު
ގޮތެއް ނިންމެވުމަށް އަޑު އެހުމެއް އިއްޔެ ހައިކޯޓުގައި ބާއްވާފައިވެއެެވެ.