ތަޢުލީމު

ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމަށް ޢާޝިޔާ ލީލާ އަޙްމަދު ޢައްޔަނު ކުރައްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމަށް ޢާޝިޔާ ލީލާ އަޙްމަދު ޢައްޔަނުކުރައްވައިފިއެވެ.

ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ޢާޝިޔާ ލީލާ އަޙްމަދު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 14 އަހަރު ޚިދުމަތްކޮށްދެއްވާފައިވެއެވެ. އާޝިޔާ ލީލާ އަޙްމަދު ޤައުމީ ޔުނިވަރސިޓީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޓީޗަރ އިންސްޓްރަކްޓަރ، އެސިސްޓަންޓް ލެކްޗަރަރ އަދި ލެކްޗަރަރގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީން ވަނީ އެ ޔުނިވަރސިޓީގެ ކޮންޓްރޯލަރ އޮފް އެގްޒާމިނޭޝަންސްކަމުގެ މަޤާމަށް ފާޠިމަތު ނާޒިޔާ އަދި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާކަމުގެ މަޤާމަށް ފާތިމަތު ނާސިޙާ ޢަބްދުލް މުހައިމިން، ޢައްޔަނު ކުރައްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންސްގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ފާޠިމަތު ނާޒިޔާ، 01 ސެޕްޓެންބަރު 2016 ގައި ކޮންޓްރޯލަރ އޮފް އެގްޒަމިިނޭޝަންސްގެ މަޤާމުގައި ޔުނިވަރސިޓީއާ ގުޅިވަޑައިގެން މިއަދާ ހަމައަށް ދަނީ އެ މަޤާމު ފުރުއްވަމުންނެވެ. އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ފާތިމަތު ނާސިޙާ ޢަބްދުލް މުހައިމިން، ވަނީ 16 ޖަނަވަރީ 2011 ގައި ޔުނިވަރިސޓީއާ ގުޅިވަޑައިގެން މިއަދާހަމަށް ލެކްޗަރަރއެއްގެ މަޤާމް ފުރުވައްވާފައެވެ. އަދި ނަސިހާ ވަނީ ސެންޓަރ ފޮރ އޯޕަން ލަރިނިންގް ގައި 1 އަހަރު އެކްޓިންގ ޑީންގެ މަޤާމު އަދާކުރައްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަޤާމުތަކުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފުއެވެ.