ވިޔަފާރި

ދިރާގުން ރާއްޖޭގައި އެލް.ޓީ.އީ އެޑްވާންސް ތައާރަފްކޮށްފި


ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެލް.ޓީ.އީ. އެޑްވާންސްތައާރަފްކޮށްފިއެވެ. އެލް.ޓީ.އީ އެޑްވާންސް ނެޓްވޯކްގެ ސަބަބުން އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށް ދެގުނަ ހަލުވި ސްޕީޑެއްގައި އިންޓަރނެޓްގެ ހިދުމަތް ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.މިއަދު ސީހައުސް ރެސްޓޯރެންޓްގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ މާރކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ މިރުޝާން ހަސަން ވިދާޅުވީ ޑޭޓާގެ ބޭނުންތައް އިތުރުވަމުން އަންނަ މިދުވަސްވަރުގައި ތައާރަފްކުރެވުނު އެލް.ޓީ.އީ އެޑްވާންސް ނެޓްވޯކް މިއަދުން ފެށިގެންދިރާގްގެ މޯބައިލް ނެޓްވޯރކްއިން ލައިވްކޮށް ލިބިގެންދާނެކަމަށެވެ. "މ ހިދުމަތަކީ ރާއްޖޭއާއި ޝައުތު އޭޝިޔާގަ ވެސް ފުރައްތަމަ ފަހަރަށް ތައާރަފް ކުރެވުނު ނެޓްވޯރކެއް. އެލް.ޓީ.އީ އެޑްވާންސް ރާއްޖޭގައި ފުރައްތަމަ ފަހަރަށް ކަސްޓަމަރުންނަށް ލިބިވަޑައިގަތުމާއެކު މި ހިދުމަތް ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ މަގު ފަހިވެގެންދާނެ" މިރުޝާން ވިދާޅުވިއެވެ.ދިރާގުގެ މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވީ މި ހިދުމަތް ހޯދުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަކި ޕެކޭޖެއް ނަގަން ނުޖެހޭނެކަމަށެވެ. އަދި މިހާރު އެޗްޑީ ވީޑިއޯ ބަފަރިންގ އަކާއި ނުލައި ބަލައި ލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދޭއެވެމި ހިދުމަތް ދިނުމަށްޓަކައި އެންމެ ބޮޑަށް ބަލާފައިވަނީ ޑޭޓާގެ ހިދުމަތް އެންމެ ގިނައިން ބޭނުންކުރާ ސަރަހައްދައް ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި މިހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް  ކުރަމުންދާކަމަށް ދިރާގުން ބުނެފައިވެއެވެ.