ޚަބަރު

ވަޒީފާ ނެތް ދިވެހިން ޕޮޒިޓިވްވާ މިންވަރު އިތުރުވުމަކީ ކަންބޮޑުވުމެއް


ރާއްޖޭގައި މީގެ 6 މަސްކުރިން ކޯވިޑް-19 ފެތުރެން ފެށިހިސާބުން ޙާލަތު އަންނަނީ ދުވަހުން ދުވަހަށް ބަދަލުވަމުންނެވެ. ބަދަލުވަމުން މިދާ ޙާލަތުގައި ބަލިފެތުރުން ކޮންޓްރޯލްކޮށް ރާއްޖޭގައި ބަލި ކުއްލިއަކަށް ފެތުރިގެން ދިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގުދުރަތީގޮތުން ވަކިވަކި ރަށްތަކަށް ބެހިފައިވާ ރާއްޖޭގެ ޙާލަތު ވަރަށް ގާތުން މޮނީޓަރކޮށް ވަޒަންކުރައްވަމުންނެވެ. އެޗްއީއޯސީން ހާމަކުރައްވާފައިވާ ތަފާސް ހިސާބަށްބަލާއިރު ރާއްޖޭގައި މިބަލީގެ ނުރައްކާބޮޑު ކެޓަގަރީއަށް ނިސްބަތްވާ މީހުންނަށް ބަލި ޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއާއެކު އެހެންކަމެއްވެސް ވަނީ ހާމަވެފައެވެ. ރާއްޖޭގައި ވަޒީފާ ނެތް މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމެވެ. އެޗްޕީއޭ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކެޓަގަރީތަކުގެ ތެރެއިން އެއް ކެޓަގަރީއަކީ، ވަޒީފާނެތް ޒުވާނުން ހިމެނޭ ކެޓަގަރީއެވެ.

އެޗްއީއޯސީން ހާމަކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ޢުމުރުން 30 އަހަރާއި 45 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ވަޒީފާއަށް ނުދާ މީހުންނެވެ. އެއަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްފައި ވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ މީހުންނެވެ. އެއަށްފަހު އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ އުމުރުން 45 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެޗްޕީއޭއިން ހާމަކުރައްވާ ގޮތުގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު އެއްކެޓަގަރީގެ ގޮތުގައި މި ފަރާތްތައް ފާހަގަކުރެވެއެވެ. އެންމެ ގިނަ ޢަދަދަކަށް މި ކެޓަގަރީން މީހުން ޕޮޒިޓިވްވެފައިވަނީ ހުސްވި އޯގަސްޓްމަހުގެ ތެރޭގައެވެ. ވަޒީފާނެތް މީހުނަށް ފަހު އެންމެ ގިނައިން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތައްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިކަމާ ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ވަޒީފާ ނެތް މީހުން އިތުރުވާ އަސްލު ސަބަބު ނޭނގޭކަމަށެވެ. އަދި ޒުވާނުންނަށް މީގެ ނުރައްކާ ކުޑަކަމަށް ދެކިގެން ފަރުވާކުޑަނުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޒުވާނުންނަށްވެސް ބަލީގެ ނުރައްކާތެރިކަން ކުރިމަތިވަމުން އަންނަކަމަށެވެ. އެހެންކަމުން ބޭރުގައި އުޅޭ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ.އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޒުވާނުންގެ މެދުގައި ބަލިޖެހޭ މިންވަރު ކުޑަކުރުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރޭގަނޑު 8 ކުން 10 ޖެހުމާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އެޗްޕީއޭއިން މިގޮތަށް ނިންމީ މިއީ ޢާއްމުކޮށް ޒުވާނުން އެންމެ ގިނައިން ބޭރުތެރޭ އުޅޭ ވަގުތުކަމަށް ލަފާކުރެވޭތީކަމަށް މީގެކުރިން އެއިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައި ވާއިރު ވޭތުވެދިޔަ މަސް ފާހަގަކުރެވެނީ އެންމެ ގިނަ މީހުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެ އެންމެ ގިނަ ބަޔަކު މަރުވި މަހުގެ ގޮތުގައެވެ. މިބަލީގެ ނުރައްކަލުން ސަލާމަތްވުމަށް ގިނަ ގިނައިން އަތް ދޮވުމަށާއި ބޭރުގައި އުޅޭއިރުއާއި ބަންދު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވ