ސިޔާސީ

އަދާލަތު ޕާޓީގެ މެމްބަރުންނަށް ހާއްސަ އެންޑްރޮއިޑް އެޕެއް ނެރެފި


އަދާލަތު ޕާޓީން އެ ޕާޓީގެ މެންބަރުންނަށް ޚާއްސަކޮށްގެން އެންޑްރޮއިޑް އެޕްލިކޭޝަނެއް ލޯންޗް ކޮށްފިއެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެޕާޓީއަށް ޚާއްސަކޮށްގެން، މެންބަރުންނާއި ގުޅޭ އެކި ކަންތައްތައް ހިމެނޭގޮތަށް ތައާރަފްކުރި ފުރަތަމަ އެޕްލިކޭޝަނެވެ.މި އެޕްލިކޭޝަންގެ އެހީގައި ލިބިގެންދާނެ އެންމެ މުހިންމު ޚިދުމަތަކީ އޮންލައިން ކޮށް މެންބަރަކަށް ވުމުގެ ފުރުޞަތު ދިނުމެވެ. މިކަމުގެ ސަބަބުން މެންބަރޝިޕް އިތުރުވެގެންދާނެ ކަމަށް އަދާލަތު ޕާޓީން މައުލޫމާތުދެއެވެ. މީގެ އިތުުރުން ޕާޓީގެ މެންބަރެއްތޯ ބެލުމާއި، މެންބަރުންގެ އިނގިލީގެ ނިޝާން ބޭނުންވާކަން ނުވަތަ ނޫންކަން ބުނެދިނުން ފަދަ ޚިދުމަތްތައްވެސް މި އެޕްލިކޭޝަންގެ އެހީގައި ލިބިގެންދާނެ ކަމަށް އަދާލަތު ޕާޓީން މައުލޫމާތުދެއެވެ.