ޚަބަރު

ލ އިސްދޫން ވަގަށް ނެގި 3 ލައްކައަށްވުރެ ގިނަ ރުފިޔާ ވަޅުލާފައި ހުއްޓާ ހޯދައިފި


ލ. އިސްދޫ ގެއަކުން ވަގަށްނެގި 352500 (ތިން ލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ) ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ފައިސާތައް ހޯދާފައިވަނީ، ލ. އިސްދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންކަމަށެވެ.

އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައިހުއްޓައެވެ. އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.