ވިޔަފާރި

ވެލިގާ ހާރޑްވެއަރ ލަކީޑްރޯ އިނާމް ހަވާލުކޮށްފި


ވެލިގާ ހާރޑްވެއަރ އާއި  ޕިކަޕް ސާރވިސް ގުޅިގެން ކުރިޔަށް ގެންދިޔަ ލަކީޑްރޯއިން ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ. މި ރަސްމިޔާތު ކުރިޔަށް ގެންގޮސްފައި ވަނީ މާބްލްސް ހޮޓަލުގައެވެ.މި ލަކީޑްރޯއިން އެއްވަނައަށް ހޮވުނު ފަރާތަށް ލިބިފައި ވަނީ ހޮންޑާ ވޭވް ވަން ޓޫ ފައިފް އައި ބްރޭންޑްގެ ސައިކަލެކެވެ. 2 ވަނައަށް ހޮވުނު ފަރާތަށް ދީފައިވަނީ އެލް.ސީ.ޑީ ޓީވީއެކެވެ. 3 ވަނައަށް ހޮވުނު ފަރާތަށް ދީފައިވަނީ ލެޕްޓޮޕެކެވެ. މި ތިން އިނާމުގެ އިތުރުން 10 މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރވެސް ވަނީ ދީފައެވެ.މި ލަކީޑްރޯ ކުރިޔަށް ގެންގޮސްފައި ވަނީ 2014 އަހަރުގެ މާރޗް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ. ވެލިގާ ހާރޑްވެއާއި 24 ޕިކަޕްޗާރވިސް ގުޅިގެން ކުރިޔަށް ގެންދިޔަ މި ލަކީ ޑްރޯގައި 1.6 މިލިޔަން ކޫޕަން ލިބިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.