ތަޢުލީމު

4 ސްކޫލެއްގައި ކްލާސްރޫމް އިތުރު ކުރުމަށް ބަޔަކާ ހަވާލުކޮށްފި


ހަތަރު ރަށެއްގެ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ކްލާސް ރޫމްތަކެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމާއިލް ވިދާޅުވީ، ސްކޫލްތަކަށް އަލަށް އިތުރުކުރެވޭ ޖާގައިގެ ސަބަބުން އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދިނުމުގެ ސިޔާސަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މި ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެންދާނެކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫއުގެ ދަށުން ލ. އިސްދޫ ސްކޫލްގައި ދެ ބުރީގެ 8 ކްލާސްރޫމް އަޅައި، ހއ.އުތީމު މަދުރަސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޛަމްގައި 4 ކުލާސްރޫމް އެޅުމުގެ އިތުރުން، ހއ.ތުރާކުނު މަދަރުސާ ގައި އިތުރު 2 ކްލާސް ރޫމް އަޅައި ސްކޫލް ވަށާފާރު ރޭނުމާއި، އަދި ހއ.މުރައިދޫ ސްކޫލް ގައި 2 ކްލާސްރޫމާއި ސައިންސް ލެބެއް އިމާރާތް ކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.