ޚަބަރު

ހުވަދޫ ސަރަޙައްދީ ދާރުލްއާސާރުން ވައްގަންނެގި ބައެއް ތަކެތި ހޯދައިފި


ހުވަދޫ ސަރަޙައްދީ ދާރުލްއާސާރުން ވައްގަންނެގި ބައެއް ތަކެތި ހޯދައިފިއެވެ. ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަޙައްދީ ދާރުލްއާސާރަށް ރޭ ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަނީ ވަގަށް ނަގާފައެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ 21:40ހާއިރުއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހެޅުމާއެކު އެއިދާރާއިން މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާކަމަށެވެ. އެގޮތުން ހުވަދޫ ސަރަޙައްދީ ދާރުލްއާސާރުން ފައިސާތަކަކާއި ކޮމްޕިއުޓަރ ސިސްޓަމެއް ވަގަށް ނަގާފައިވުމުން މި މައްސަލައާއި ގުޅިގެން ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. މިގެއިން ކޮމްޕިއުޓަރ ސިސްޓަމްގެ ސިސްޓަމް ޔުނިޓާއި، ކީބޯޑާއި މައުސް ވަނީ ހޯދާފައެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އައިރު ފުލުހުން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ. ހުވަދޫ ދާރުލްއާސާރު ހުޅުވާފައިވަނީ 12 ސެޕްޓެންބަރު 2018 ގައެވެ.