ސިއްހަތު

އީދު ބަންދާ ދިމާކޮަށް ބްލަޑްކޭންޕެއް ފަށައިފި


ތެލެސީމިޔާކުދިންނަށް ލޭހޯދައި ދިނުމުގެ ގޮތުން މޯލްޑިވިއަން ބްލަޑް ޑޯނާރސް އާއި މޯލްޑިވްސް ބްލަޑް ސާރވިސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްފަށައިފިއެވެ.އެއްދުވަހުގެ ނިޔަލަށް ކުރިޔަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުރިޔަށް މިއޮތް ޢީދު ބަންދާ ދިމާކޮށް ތެލެސީމިޔާ ކުދިންނަށް ފަސޭހަ ކަމާއެކު ލޭ ހޯދޭނެ މަގު ފަހިކުރުމުގެ ގޮތުން ކުރިޔަށްގެންދާ ބްލަޑް ކޭންޕެއްކަމަށް މޯލްޑިވިއަން ބްލޮޑް ޑޮނާސްގެ މެންބަރެއް ކަމުގައިވާ އިބްރާހިމް ނަޒީފް ވިދާޅުވިއެވެ. އަދި އީދު ބަންދަށް ދާ ތެލެސީމިޔާ ކުދިންނަށް އީދުބަންދަށް ދިއުމުގެ ކުރިން އެކުދިނަށް ފަސޭހަކަމާއެކު މި ކޭންޕްގެ ސަބަބުން ލޭ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް މޯލްޑިވިއަން ބްލަޑް ޑޮނާސް އިން މައުލޫމާތުދެއެވެ.މިއަދުގެ ހެދުނު ފެށި މިކޭންޕު މިއަދު ހަވީރު ހަތަރުގަޑި ތިރީހާހަމައަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން ބްލަޑް ޑޯރނާސްއިން މައުލޫމާތުދެއެވެ. އަދި މި ކޭންޕްގައި ވީހާވެސް ގިނަ ބޭފުޅުން ލޭހަދިޔާކޮށްދިނުމަށްޓަކައި ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ދެއްވުމަށް މޯލްޑިވިއަން ބްލަޑް ޑޮނާސް އެދިވަޑައިގަންނަވައެވެ.މި އަހަރުގެ ތެރޭގައި މިއަށްވުރެއް ބޮޑު ބްލަޑް ކޭންޕެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް މޯލްޑިވިއަން ބްލަޑް ޑޮނާސް އިން މައުލޫމާތުދެއެވެ.