ވިޔަފާރި

ރާއްޖެއަކީ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލަށްވާނެ- ޓޫރިޒަމް މިނިސްޓަރ


ރާއްޖެއަކީ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ކޯވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން ރެކޯޑް ކުރެވިފައިނުވާކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެއަށް އެތެރެވުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވުމުގެ ސަބަބުން ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ރައްކާތެރި އެއް މަންޒިލަށްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ދަތުރުތަކުގައި އަންނަ ހުރިހާ ފަރާތްތަކުންވެސް ރާއްޖެއަށް އެތެރެވެވޭނީ ޕީސީއާރް ޓެސްޓް ނެގެޓިވްވުމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަދަ ފިޔަވަޅެއް އެޅީ ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްކަން ކަށަވަރުކުރުމަށްޓަކައިކަމަށެވެ.

މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ. އަދި ސަފާރީތަކަށް އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމުގެ ކުރިން ހުޅުމާލޭގައި އެމީހުންނަށް ކޯވިޑް19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.