ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ


ސްނޯކްލިންގއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނިއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުުވީ، ގެއްލިގެން ހޯދަމުންދިޔައީ ޑިންގީއެއްގައި މ.މެދުފުށީކައިރީ ފަޅުތެރެއަށް ސްނޯކްލިންގއަށް ދިޔަ 3 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 19:55 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އޭނާ ފެނުނީ އެތާ ކައިރީގައި ފަރެއްގެ މަތީގައި ހުއްޓައެވެ. އެއާއެކު އެމްއެންޑީއެފްގެ ލޯންޗެއްގައި އޭނާ ވަނީ މ.މުއްޔަށް ގެންގޮސްފައެވެ.